ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މަސައްކަތްކުރާ ފްރަންޓްލައިން މުވައްޒަފުންގެ އެކޮމޮޑޭޝަން ހަމަޖައްސައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ގެޒެޓުގައި މިއަދު ކުރި އިއުލާނެއްގައި ބުނީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން [email protected] އަށް ގެޒެޓުގައި ޝާއިއުކޮށްފައިވާ ރެޖިސްޓްރޭޝަން ޝީޓާއެކު އީމެއިލް ކުރުމަށް އެދޭ ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހު ކަމަށް އިއުލާނުގައިވެ އެވެ.
އިއުލާނާއެކު ހިމަނާފައިވާ މައުލޫމާތު ކަރުދާހުގައި ދުވާލަކަށް ރޫމަކަށް ކަނޑައަޅާފައިވާ ރޭޓުތަކެއް ވަނީ ދީފަ އެވެ. އެ ރޭޓުތަކަކީ:
އިއުލާނުގައި ބުނެފައިވާ ގޮތުން، މި ރޭޓުތަކުގައި ދުވާލަކަށް ކޮޓަރިއަކަށް 1.5 ލީޓަރުގެ ދެ ފުޅި ފެން ފޯރުކޮށްދޭންވާނެ އެވެ. އަދި ކޮޓަރީގައި ތިބޭ މުވައްޒަފުންނަށް ތުވާލި، ބެޑްޝީޓް، ބާލީސްއުރަ ފަދަ ތަކެތި ފޯރުކޮށްދޭނީ ހޮޓަލުން ކަމަށާއި އަދި އެތަކެތި މަދުވެގެން ހަފްތާއަކު އެއް ފަހަރު ބަދަލުކޮށްދޭންވާނެ ކަމަށާއި އަދި ހޮޓަލުން ކޮޓަރީގައި މުވައްޒަފުން ތިބޭ މުއްދަތުގައި ކޮޓަރި އާއި ފާހާނާތައް މަދުވެގެން ދެ ފަހަރު ކުނިކަހާ ސާފުކޮށްދޭންވާނެ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން އަންދާސީ ހިސާބު ހުށަހަޅާއިރު ހެނދުނާއި ރޭގަނޑު އަދި މެންދުރުގެ ކެއުން އެ ހޮޓެލް ނުވަތަ ގެސްޓްހައުސް އަކުން ފޯރުކޮށްދޭނަމަ، ކެއުން ދެވޭނެ އަގާއި ދުވާލަކަށް ބޮލަކަށް ނަގާނެ ރޭޓު ހިމަނަންވާނެ ކަމަށް އިއުލާނުގައިވެ އެވެ.
އެޗްއީއޯސީގެ މުވައްޒަފުންނަށް އެކޮމޮޑޭޝާން ފޯރުކޮށްދިނުމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދޭން ނިންމާފައިވަނީ އެންމެ ގިނަ ކޮޓަރި ހުށަހަޅާ ފަރާތަށް ގިނަ ޕޮއިންޓް ލިބޭ ގޮތަށެވެ.
އެޗްއީއޯސީގެ މުވައްޒަފުންގެ އެކޮމޮޑޭޝަން ހަމަޖައްސައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފައިވާ އިރު ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ކޮވިޑުގެ ހާލަތު މެނޭޖްކުރި އިރު އެތަނުގެ ފްރަންޓްލައިން މުވައްޒަފުންނަށް ވެސް އެކޮމޮޑޭޝަން ވަނީ ހަމަޖައްސައިދީފަ އެވެ.