ހުޅުމާލެ ޖަލުގައި ބަންދުކޮށްފައި ތިބި ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ، ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ވަގުތީ ގޮތުން ބައިތިއްބާފައިވާ ފަސް ބިދޭސީންނާއި ހުޅުމާލޭ ޖަލުގައި ހުރި ގައިދީއަކު ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ކޮވިޑަށް ޕޮޒިޓިވްވި ފަސް ބިދޭސީންނަކީ އިމިގްރޭޝަންގެ ގާނޫނާ ހިލާފުވެގެން ފުރުވައިލެވެންދެން ބައިތިއްބާފައިވާ ބިދޭސީން ކަމަށް ކަރެންޝަނުން ބުނެއެވެ. އަދި އަނެއް މީހާ އަކީ ހުޅުމާލޭ ޖަލުގައި ބަހައްޓާފައިވާ ގައިދީއެއް ކަމަށް ބުންޏެވެ.
މީގެ އިތުރުން ކަރެންޝަނުން ބުނީ، ހުޅުމާލޭ ޑިޓެންޝަން ސެންޓަރަށް ކޮވިޑް 19 ވަދެފައިވަނީ އެތަނަށް އަލަށް ގެންގޮސްފައިވާ ބިދޭސީންގެ ފަރާތުން ކަމަށް ބެލެވޭ ކަމަށެވެ.
ކަރެކްޝަންސް އިން ބުނީ އެމީހުން ޕޮޒިޓިވްވުމުން މިހާތަނަށް އެތަނުގައި ތިބި ދިހަ އޮފިސަރުންނާއި 19 ޑިޓެއިނީ އާއި ދެ ނަރުހުންގެ އިތުރުން އެއް ގައިދީއެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.
ޑިޓެންޝަން ސެންޓަރުން ވައިރަސް ފެނުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެއްގޮތަށް ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށްވެސް ކަރެންޝަންސް އިން ބުނެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު