ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު ނިންމާލުމުގެ ޖަލްސާ މާދަމާ ބާއްވަން ކުރިން ހަމަޖެހިފައި އޮތް ނަމަވެސް މިމަހުގެ 31 އަށް އެޖަލްސާ ފަސްކޮށް ރައްޔިތުންގެ މަޖލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވޯޓަށް އަހަންހުރި ކަންތައްތަކަށް 12:00 ގައި ވޯޓަށް އެއްސެވުމަށްފަހު، 12:20 އެހާކަންހާއިރު، ޖަލްސާ ނިންމަވާލައްވަމުން ޖަލްސާގެ ރިޔާސްތުގައި އިންނެވި، މަޖިލީހުގެ ނާއިބުރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ، މާދަަމާ އިން ފެށިގެން މަޖިލިސް ރިސެސް އަށް ދާނެ ކަމަށް ކުރިން އިއުލާންކޮށްފައިވީނަމަވެސް މަޖިލިސް ގަވާއިދު ބުނާގޮތުން، މަޖިލިސް ޗުއްޓީއަށްދާން އޮންނަ މަހުގެ އެންމެ ފަހު ހޯމަ ދުވަހަށް ރިސެސްއަށް ދިއުން ފަސް ކުރެވިދާނެ ކަމަށެވެ.
އެހެންކަމުން މި މަހުގެ 31 އާ ހަމައަށް އެކަން ލަސްކުރަަން ގަވައިދު ތަންދޭ ކަމަށާއި އެގޮތަށް ލަސްކޮށްފިނަމަ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން އިތުރު އަށްބިލެއް ނިންމާލެވޭނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ.
އެހެންކަމުން މަޖިލީހުގެ އެންމެފަހުގެ ޖަލްސާ މިމަހުގެ 31 ގައި ބާއްވަން ނިންމެވީ ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް