ވ.ފުލިދޫ ގިރަމުންދާ މައްސަލަ ހައްލު ކުރުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށްފިއެވެ.
މި ގަރާރަކީ، ފުލިދޫ ގިރަމުންދާ މައްސަލަ ހައްލު ކުރުމަށް ކުރެވެންހުރި މަސައްކަތްތަައް ކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައި، ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު މަޖިލީހަށް ހުށަހެޅުއްވި ގަރާރެކެވެ.
މި ގަރާރު މިއަދު، މަޖިލީހުން ފާސްކުރީ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓްޗޭންޖް ކޮމިޓީން ދިރާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވި ގޮތަށެވެ.
މި ގަރާރުގައި، ފުލިދޫ ގިރަމުންދިއުމުގެ ސަބަބުން ރަށާއި، އެރަށުގެ ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ވަނީ ފާހަގަކޮށްފައެވެ.
އެކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަރަށްގިނަ ތަކުލީފުތަކެއް އުފުލަންޖެހޭކަމަށް ވެސް ގަރާރުގައިބުނެފައިވެއެވެ.