ހއ. ތުރާކުނުގެ ބައެއްގެ ގޮތުގައި އެ އަތޮޅު ވަނގާރު އަދި އއ. އުކުޅަހުގެ ބައެއްގެ ގޮތުގައި ގަލަގިލި ފަޅު ހަމަޖައްސައިފިއެވެ.

ރައީސް މުއިއްޒު މިއަދު ނެރުއްވި ގަރާރަކުން އެގޮތަށް ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ނެރުއްވި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރު އިސްލާހުކޮށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން އެ މަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ރައީސް ޑރ. މުއިއްޒު ގެންދަވަނީ ބައެއް ރަށްރަށުގެ ބައެއްގެ ގޮތުގައި ފަޅުރަށްތަކާއި ފަޅުތައް ހަމަޖައްސަވަމުންނެވެ.

އެގޮތުން އިއްޔެ ވަނީ އދ. މަހިބަދޫގެ ބައެއްގެ ގޮތުގައި އދ. މާފަރުފަޅު ހަމަޖައްސަވައިފައެވެ. އަދި ފަރުމުލި އާއި ކަނޑިންމާހުރާ، ނ. މާފަރުގެ ބައެއްގެ ގޮތުގައި އަދި އއ. ބޮޑުފޮޅުދޫގެ ބައެއްގެ ގޮތުގައި އެ އަތޮޅު ވެލިދޫދިއްގާ ވެސް ވަނީ ހަމަޖައްސައިދެއްވައިފައެވެ.