ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލް ކުރިމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަކޮށްގެން ހަދާފައި އޮންނަ ސްމޯކިން ހަޓް ވަގުތީގޮތުން ބަންދުކުރަން ނިންމައިފިއެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލްއިން ރޭ ކުރި ޓުވީޓެއްގައި ބުނީ ރޭ 23:59 އިން ފެށިގެން ސްމޯކިން ހަޓް ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.
މިގޮތަށް ނިންމީ އެއާޕޯޓު ބޭނުންކުރާ ފަސިންޖަރުންގެ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.
މާލޭ ސަރަހައްދުގައި ކޮވިޑް 19 ހަލުވިކަމާއެކު ފެތުރެމުންދާއިރު، ރާއްޖޭގެ މައި ދޮރާށި ހުޅުވާލާފައި އޮތުމުން ބައިނަލްއަގުވާމީ ފަސިންޖަރުންނާއި ޑޮމެސްޓިކް ފަސިންޖަރުން ކޮންމެ ދުވަހަކުވެސް ލަފާފުރުމަށް އެއާޕޯޓަށް ދެއެވެ.
މި ހަޓުގެ ބޭނުން އެއާޕޯޓުގެ މުވައްޒަފުންގެ އިތުރުން ރާއްޖެއަަށް އަންނަ އަދި ރާއްޖެއިން ފުރާ ގިނަ މީހުން ބޭނުން ކުރެއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް