ރ. ވަންދޫ ބަނދަރު މަރާމާތުކޮށް، ފުންކުރުމުގެ މަސައްކަތުގެ 35 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ތެރެއިން ފަޅު ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ އެއްގަމު ތޮށީގެ ގާ އެތުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނީން ބުންޏެވެ.
އޮގަސްޓް 26، 2019 ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ ދަށުން 1،870 ކިއުބިކް މީޓަރުގެ ހާބާ ބޭސިން ފުންކުރުމާއި 75 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫއަކީ 5.99 މިލިއަން ރުފިޔާއަށް އެކުންފުންޏާ ހަވާލުކުރި މަޝްރޫއެކެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ