އައްޑޫސިޓީގައި ޒުވާނަކު އަހުގެ ހިދުމަތް ދޭން ފަށަން އެބަ އުޅޭކަމަށް ރައްޔިތުންގެ މަޖިލީގުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އައްޑޫ ސިޓީއަށް 5 އަސް ގެނައުމަށް އެ ސިޓީގެ ދެތިން ޒުވާނުން ކުރަމުން އަންނަ މަސައްކަތްތަަކަށް ބޭނުންވާ ހުރިހާ ސެޓްފިކެޓްތަކެއް ނިންމައި މިނިސްޓާ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ހަމަޖައްސައިދޭންޖެހޭ ކަންކަން ހަމަޖައްސާފައިވާ ކަމަށެވެ.
އައްޑޫ ސިޓިގެ އެ ޒުވާނުން އައްޑޫ އަށް އަސް ގެންގޮސްގެން ދޭން ނިންމާފައިވާ ހިދުމަތްތަކާބެހޭ މައުލޫމާތު އެމަނިކުފާނާ ހިއްސާކޮށްފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެ އަސްތަކުގެ ހިދުމަތް އައްޑޫސިޓީގެ ހުރިހާ ރައްޔިތުންނާއި ފަތުރުވެރިންނަށް ވެސް ލިބިގެންދާނެ ކަމަށެވެ.
"އަސް ރެކްރިއޭޝަަނަށް ވެސް ދުއްވޭނެ. ކުޅިވަރަަށްވެސް ދުއްވޭނެ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެއީ އަޖުމަ ބެލުމަށް މުހިއްމު ޕްރޮޖެކްޓެއް ކަމަށާއި އެއީ މުހިއްމު ޕްރޮޖެކްޓެއް ކަމަށެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް