އަނެއްކާވެސް ލޮކްޑައުންއަކަށް ދާން ޖެހިދާނެކަމުގެ އިޝާރާތްތަކެއް ޑރ. އަލީ ލަތީފު ދެއްވައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ، ކޮންމެ ހަފުތާއަކަށް ބަލާއިރުވެސް ކޭސްތައް ދަނީ އިތުރުވަމުން ކަމަށެވެ. އަދި ކޭސްތައް އިތުރުވާ ނަމަ އިތުރު ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމަށާއި ފިޔަވަޅު އެޅުމުގައި ޓެގުން ބަލަނީ، ސްކޯރިން ސިސްޓަމަށް ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން އެ ސްކޯރިން ސިސްޓަމުން ދައްކާ ސްކޯ މައްޗަށް ދާ ވަރަކަށް ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިދިޔަ ހަފުތާގައި ސްކޯއަކީ ނުވައެއް. އެ ސްކޯ ލިބުނީމަ އޭގެން އަޅުގަނޑުމެން ބަލަން ޖެހޭ ކަމަކީ އިތުރަށް ފިޔަވަޅުތައް ހަރުދަނާކޮށް ކޮންޓްރޯލް ކުރަން މަސައްކަތް ކުރުން. އެގޮތުން އަޅުގަނޑުމެން 8:00 އިން ފެށިގެން ވެހިކަލްތައް މަގުމައްޗަށް ނުކުތުން މަނާ ކުރީ. މީގެ އިތުރު ފިޔަވަޅުތައްވެސް އެބަހުރި. އޭގެ ތެރޭގައި ފިހާރަތައް ބަންދުކުރުން، ރެސްޓޯރެންޓްތައް ބަންދުރުން މިހެން ގޮސް އެތައް ފިޔަވަޅެއް އެބަހުރި. އޭގެ އެންމެ ފަހު މަރުހަލާފައި ކޭސްތައް ގިނަވެގެންދާ ކަމުގައި ވަންޏާ ލޮކްޑައުނަކަށްވެސް ދާން ޖެހޭނެ. އަޅުގަނޑު ނުދަންނަވަން މިއަދު އަޅުގަނޑުމެން ލޮކްޑައުނަށް ދާން ޖެހެއޭ. ނަމަވެސް އަޅުގަނޑުމެންނަށް ކޮންޓްރޯލް ނުކުރެވިއްޖެއްޔާ ލޮކްޑައުނަކަށްވެސް ދާން ޖެހޭނެ،" ޑރ. އަލީ ލަތީފު ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. އަލީ ލަތީފް ވިދާޅުވީ، ކޭސްތައް އިތުރުވާނަމަ ހުރިހާ ބަލި މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާ ނުދެވޭނެ ކަމަށާއި އެހާ ހިސާބުން ފަރުވާ ނުދެވި އެތައް ބަޔަކު ދޫކޮށްލަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ކޮވިޑްގެ ހާލަތު ކޮންޓްރޯލް ކުރެވޭނީ ސިއްހީ މާހިރުންނާއި ރައްޔިތުން އެކަތިގަނޑަކަށްވެ އަޅާފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް ބޯ ލަނބައިގެން ކަމަށް ވެސް ވިދާޅުވިއެވެ.
ޑރ. އަލީ ލަތީފްގެ އިތުރުން ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ ވެސް ވަނީ މިއީ ލޮކްޑައުނަކަށް ދާންވީ ވަގުތު ކަމަށް ވިދާޅުވެފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު