ކޮވިޑްގެ ޕޮޒިޓިވްވި 10 މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށާއި ފަސް މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިވަގުތު 169 ފާރަތެއް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށާއި އޭގެ ތެރޭގައި 10 ފަރާތަކަށް ފަރުވާ ދެނީ އައިސީޔޫގައި ކަމަށެވެ. އަދި އިތުރު ފަސް މީހަކު ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މި ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ 24 ގަޑިއިރު ތެރޭގައި 96 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ދިވެއްސަކާއި ބަންގުލަދޭޝްގެ 26 މީހަކާއި އިންޑިއާގެ މީހަކާއި ސްރީލަންކާގެ ހަތަރު މީހަކާއި ނޭޕާލުގެ މީހެކެވެ.
އެއާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 6660 އަށް އަރައިފި އެވެ. އަދި މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި 1419 މީހަކު އެބަ ތިއްބެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 26 މީހަކު ވަނީ މަރުވެފަ އެވެ. އެއީ 20 ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު