ދެ އަހަރު ދުވަސްތެރޭ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ވިދާޅުވެއްޖެއެވެ.
ޖެނީވާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓެޑްރޮސް ވިދާޅުވީ މީގެ ކުރިން 1918 ވަނަ އަހަރު ފެތުރެމުންދިޔަ ސްޕެނިޝް ފްލޫ އިންވެސް ދެ އަހަރު ދުވަސްތެރޭ އަރައިގަނެވިފައިވާ ކަމަށެވެ.
ޓެޑްރޮސް ވިދާޅުވީ މިޒަމާނުގެ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ އެހީގައި ވައިރަހުން ދުނިޔެ ސަލާމަތް ކުރުމަށް ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށެވެ. ކޮވިޑް ވައިރަސް އަކީ ވަރަށް ބާރު މިނެއްގައި ފެތުރެމުން ދާ ވައިރަހެއް ކަމުގައި ވީނަމަވެސް ހުރިހާ ދިރާސާތަކާއި ފަހުގެ ޓެކްނޮލޮޖީގެ އެހީގައި މަސައްކަތް ކޮށްފިނަމަ ސަލާމަތް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޓެޑްރޮސް ވިދާޅުވީ ބޭނުންވަނީ ގައުމުތަކުން އެކައްޗެއް ކިޔައިގެން އެއްބައިވަންތަ ވެ މަސައްކަތްކުރުން ކަމަށެވެ.
1918 ވަނަ އަހަރު ދުނިޔޭގައި ފެތުރިގެން ދިޔަ ސްޕެނިޝް ފްލޫގައި 50 މިލިއަނަށް ވުރެން ގިނަ މީހުން މަރުވެފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ