ގއ. ވިލިނގިލިން ހޯމް ކަރަންޓީނުގެ އުސޫލާ ހިލާފުވި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ވިލިނގިލީގައި 24 އަހަރުގެ ފިރިހެނަކު ހޯމް ކަރަންޓީނު އުސޫލާ ހިލާފަށް އޭނާ ކަރަންޓީނު ކޮށްފައި ހުރި ތަނުން ބޭރަށް ނުކުމެ އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް މިރޭ ހުށަހެޅުމުން 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކަނޑައަޅާފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން މާލެއިން ރަށްރަށަށް ގޮސް ކަރަންޓީނުވުމުގައި އަމަލުކުރަން ޖެހޭނެ އުސޫލެއް އެޗްޕީއޭއިން ވަނީ އާއްމުކޮށްފައެވެ. އެޗްޕީއޭގެ އެ އުސޫލާ ހިލާފުވާނަމަ އެ މީހަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު