ސިފައިންގެ ތަމްރީނު މަރުކަޒު، ގިރިފުށީގައި ތިބި ސިފައިންގެ ތެރެއިން އިތުރު 26 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ގިރިފުށިން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ ސިފައިންގެ ހަތަރު މީހެކެވެ. އެމީހުން ޕޮޒިޓިވްވުމާ ގުޅިގެން ގިރިފުށި ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އޭގެ ފަހުންވެސް ފަސް މީހަކު އެރަށުން ޕޮޒިޓިވްވިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އޮފިޝަލަކު ވިދާޅުވީ، ގިރިފުށިން އިތުރު 26 މީހަކު މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެންކަމުން އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 35އަށް އަރައިފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެކަމާ ގުޅިގެން ގިރިފުށީގައި ސިފައިން ހަދަމުންދިޔަ ތަމްރީންތައްވެސް އެޗްޕީއޭގެ ލަފާގެ މަތިން ވަގުތީ ގޮތުން މިހާރު ވަނީ މެދުކަނޑާލައިފައެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ފްރަންޓްލައިންގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުންދާ އެއް މުއައްސަސާއަކީ އެމްއެންޑީއެފްއެވެ.
ސިފައިންގެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، މީގެ ކުރިން ބައެއް ފުލުހުންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު