ގއ. ވިލިނގިލީ މަހަށް ދާ ދޯންޏަކުން މަހަށް ގޮސް އުޅުނު ބިދޭސީއަކު ކުއްލިއަކަށް މަރުވެއްޖެއެވެ.
ވިލިނގިލި ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފް އަހުމަދު "ވަން" އަށް ވިދާޅުވީ މިއަދު މެންދުރު 2:15 ހާއިރު މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި ބިދޭސީއަކު ފިޓް ޖެހިގެން އުޅޭ ކަމަށް އެދޯނިން ގުޅައި މައުލޫމާތު ދީފައިވާ ކަމަށެވެ.
އެމީހާ ހޮސްޕިޓަލަށް ގެނެސްފައިވަނީ ހަވީރު 4:20 ހާއިރު ކަމަށާއި އޭރުވެސް މަރުވެފައިވާ ކަމަށް އޭނާ ބެލި ޑޮކްޓަރު ބުނެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އޭނާ މަރުވެފައިވަނީ ހާޓްއެޓޭކެއް ނުވަތަ ސްޓްރޯކެއް ޖެހިގެން ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށެވެ. އަދި އޭނާ މަރަކީ ކުއްލި މަރެއް ކަމަށާއި އިތުރު އެހެން އެއްވެސް ކަމެއް ފާހަގަ ނުކުރެވޭ ކަމަށް އޭނާ ބުންޏެވެ.
އޭނާއަކީ "މަސް ހަޒާނާ5" ދޯނީގައި މަސައްކަތް ކުރާ ބަނގުލަދޭޝްގެ ރައްޔިތެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު