ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
ޑީއާރުޕީން މިރޭ ކުރި ޓުވީޓެއްގައި ބުނީ އެ ޕާޓީގެ ލީޑަޝިޕާއި ޕްރޮގްރެސިވް ކޯލިޝަންގެ މަޝްވަރާ ބައްދަލުވުން އޮންނާނީ މާދަމާ ހެނދުނު 11:00 ގައި ޕީޕީއެމްގެ އޮފީހުގައި ކަމަށެވެ.
ޑީއާރުޕީން ބުނީ އެ ބައްދަލުވުމުގައި މަޝްވަރާ ކުރާނީ ތިން ޕާޓީ ގުޅިގެން، ޒިންމާދާރު އޮޕޮޒިޝަންގެ ގޮތުގައި މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
މިކަމާ ގުޅިގެން "ވަން"އިން ޕްރޮގްރެސިވް ކޯލިޝަންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ފޯނަށް ޖަވާބު ނުދެއްވާތީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މީގެ ކުރިން ބުނެފައިވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެއްވެސް ޕާޓީއަކާ އެ ކޯލިޝަނުން އެއްގަލަކަށް ނާރާނެ ކަމަށާއި އެއްވެސް މަޝްވަރާއެއްވެސް ނުކުރާނެ ކަމަށެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ލީޑަޝިޕުގައި މިވަގުތު އޮތް ޑީއާރުޕީއަކީ ސަރުކާރާ ކޯލިޝަނުގައި ހިމެނޭ ޕާޓީއެއް ނޫނެވެ.
ޚަބަރު
ޚަބަރު
ޚަބަރު