އަންހެން ލީޑަރުން ތިބި ގައުމުތަކުން ކޮވިޑާ ދެކޮޅަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ޔުނިވަސިޓީ އޮފް ލިވަޕޫލް އިން ހަދާފައިވާ ދިރާސާއިން ދައްކާގޮތުން ލީޑަރުންގެ ގޮތުގައި އަންހެނުން ތިބި ގައުމުތަކުން ކޮވިޑާ ދެކޮޅަށް ހަރުދަނާ އަދި ނަތީޖާ ނެރޭފަދަ މަސައްކަތްތަކެއްކޮށް ކާމިޔާބު ހޯދައިފައި ވެއެވެ.
ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ސުޕްރިޔާ ގަރިކިޕަތީ ވަނީ ދިރާސާގެ ނަތީޖާއިން ފެނިފައިވާގޮތުން އަންހެން ލީޑަރުން އަވަސް އަދި ހަރުދަނާ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ދައްކާކަމަށް ބުނެފައެވެ.
ދިރާސާގެ ބައެއް ހޯދުންތަކަށް ބަލާއިރު ނިއުޒިލެންޑުގެ ބޮޑުވަޒީރު ޖެސިކާ އާޑެން އިސްކޮށް ހުންނަވަައި އެގައުމުގައި ހަލުވި ކަމާއެކު ފެތުރެމުންދިޔަ ކޮވިޑް ކޮންޓްރޯލްކޮށް ގިނަ ދުވަސްތަކެއް ވަންދެން އެއްވެސް ކޭސް އެއް ނުފެނި ހަރުދަނާ މަސައްކަތެއް ކޮށްފައިވާކަން ފާހަގަކޮށްފައި ވެއެވެ.
ޖަރުމަނުވިލާތުގެ ޗާންސެލާ އެންޖެލާ މާކެލްގެ ބެލުމުގެ ދަށުން އެގައުމުގައި ޕްރޮފެޝަނަލް ކުޅިވަރުތައް އަލުން ފެށުމުން އެކަން ވަނީ ދިރާސާއިން ފާހަގަކޮށްފައެވެ.
މިދިރާސާ ކުރުމުގައި ގައުމުތަކުގެ ޖީޑީޕީގެ އިތުރުން އާބާދީގެ ނިސްބަތާއި އިތުރު ކަންތައްތަކެއް ވަނީ ބަލައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ