އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިޔަށް އެބަދާ ކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން މިހެން ބުނެފައިވަނީ މިއަދު ކުރި ޓުވީޓެއްގައެވެ. އެގޮތުން މި މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ބަނދަރު ފުން ކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެއެވެ.
އެގޮތުން މުޅި މަޝްރޫއުގެ 22 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ %46 މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ފާހަގަ ކުރެއެވެ.
އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެގޮތުން މި މަޝްރޫއު ހަވާލު ކޮށްފައިވަނީ 400 ދުވަހުގެ ތެރޭ ނިންމުމަށް 51.72 މިލިއަން ރުފިއާގެ ބަޖެޓަކާއެކު ކަމަށް މީގެ ކުރިން ޕްލޭނިންގް މިނިސްޓްރީން ބުނެފައި ވެއެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ