ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހާރުން މިހާރަށް އިސްތިއުފާ ދެއްވައި، އަވަސް އިންތިހާބަކަށް ވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާފައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ޓެލެކޮމް ކުންފުނިތަކަށް އިޝާރާތް ކުރައްވައި، ތޯރިގު ވިދާޅުވީ މިފަހަރުވެސް ކޮވިޑް 19 އަށްދިވެހި ހުރިހާ ރައްޔިތުން ގެއަށް ވަދެ އަތްދޮވެގެން މާސްކު އަޅައިގެން ތިއްބާ، ޓެލެކޮމް ދެ ކުންފުނިން ރާއްޖޭގެ ރައްޔިތުންގެ އަތުން ބޮޑެތި އަދަދުތަކުގެ ފައިސާ ނަގައި، އެއިން ބޮޑެތި ފައިދާތަކެއް ހޯދާފައިވާ ކަމަށެވެ.

އެގޮތުން ދިވެހި ރައްޔިތުން ތިބީ ކޮންމެ ބޮލަކަށް މަދުވެގެން މަހެއްގެ މައްޗަށް ހަތަރުހާސް، ފަސް ހާސްރުފިޔާ އެ ދެ ކުންފުންޏަށް ދައްކަންޖެހޭގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

"އެހެންވީމާ، މިއީވެސް މިދެންނެވި ގޮތަށް ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމުގައި، އަދި ވިޔަފާރީގެ ފައިދާ، ހާއްސަކޮށް މޮނޮޕޮލައިޒްކޮށްފައި ހުންނަ ވިޔަފާރިތަކުން ކޮންޓްރޯލް ކުރެވޭނެ ގޮތެއް ގާނޫނަކުން އަޅުގަނޑުމެން ހަދަންޖެހޭ ސަބަބުތައް،" ތޯރިގު ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ، ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމުގެ ބިލްތައް ހަދަމުންދާއިރު މި ސަރުކާރުން ކޮވިޑް 19އާ ގުޅިގެން ދިވެހި ރައްޔިތުން ކަރަންޓީނަށް ލާފައި، ހިފައި ހައްޔަރުކޮށްގެން ވައްކަންތަކެއް ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުން އިސްތިއުފާ ދެއްވަން އެބަޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ، ދިވެހިންނަށް ރަނގަޅަކަށް ޓަކައި، އަދި ދިވެހި އިގްތިސާދު އެހެން ބަޔަކާ ހަވާލުވާއިރު ދިރި އޮންނާނެ ގޮތަށް ބޭއްވުމަށް ޓަކައި މިއަދު ގެ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

"ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދޮޅުއަހަރު ވެގެންދިޔައިރުދިވެހި އިގްތިސާދު ވަނީ މަރައިލައިފަ،" ތޯރިގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، "ދިވެހި އިގުތިސާދު ދެން އަންނަ ބަޔަކަށް ވެސް ހިންދަމާލައިގެން ކުރިއަށް ގެންދެވޭނީ އެހެން ބަޔަކާ މިއަދުވެރިކަން ހަވާލުކޮށްގެން އަޅ ގަނޑު މެން ރައްޔިތުންގެ މަޖިލީހުން އެޖެންޑާ 19ގެ 65 މެންބަރުންނާއެކު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް އިނާޔަތާއި ރައްކާތެރިކަމާއި ލިބޭ ގޮތަށް އެ ގާނޫނުން ލިބޭ ހުރިހާ ހައްގުތަކެއް ހޯދައިދޭނަން. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަވަހަށް އިސްތިއުފާ ދެއްވާފައި އަވަސް އިންތިހާބަކަށް ދިވެހިރާއްޖެ ހުޅުވާލަދެއްވަން އެބަޖެހޭ،" ކަމަށެވެ.