މާލޭގެ އާބާދީއަކީ، 252،767 މީހުން ކަމަށާއި އޭގެ ތެރެއިން، 70 ޕަސެންޓް މީހުންނަކީ އެކިއެކި ރަށްރަށުން މާލެއަށް ހިޖުރަކޮށްފައިވާ މީހުން ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާއްޖޭގެ އާބާދީ އާއި ބޯހިޔާވަހިކަމާ ގުޅޭގޮތުން، މައުލޫމާތު ދެއްވަމުން މިނިސްޓަރު އަަސްލަމް ވިދާޅުވީ، މާލޭގެ އާބާދީގައި، 252،767 މީހުން ހިމެނޭއިރު، އޭގެ ތެރެއިން 170،212 މީހުންނަކީ، އެކި ރަށްރަށުން މާލެއައިސް ވަޒަންވެރި ވެފައިވާ މީހުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެއީ އެވްރެޖް އާއިލާއެއްގެ އަދަދު 5.5 ގެ ނިސްބަތުން ބަލައި 46251 އާއިލާ ކަމަށެވެ.
އުފަން މާލޭ މީހުންނަކީ 76،556 މީހުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން މިނިސްޓަރު ވިދާާޅުވީ އާބާދީގެ 30 ޕަސެންޓަކީ މާލެއަށް އުފަން މީހުންނަށް ވީއިރު 70 ޕަސެންޓަކީ އެހެން ރަށްރަށުން މާލެއަށް ހިޖުރަކޮށްފައިވާ މީހުން ކަމަށެވެ.
މިނިސްްޓަރު ވިދާޅުވީ، މާލޭގައި ދިރިއުޅޭ އާއިލާތަކުގެ ތެރެއިން އެކަށީގެން ނުވާ ތަންތަނުގައި 17،073 އަށްވުރެ ގިނަ އާއިލާ ދިރިއުޅެމުންދާ ކަމަށެވެ. ހައުސިންގް ބޭނުންވާ 1336 މާލޭ ރައްޔިތުން ތިބިއިރު މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ 3137 މީހަކު ކައުސިލް ހައުސިންގް ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ.
މެމްބަރު މުހައްމަދު އަސްލަމް
މެމްބަރު މުހައްމަދު އަސްލަމް
މެމްބަރު މުހައްމަދު އަސްލަމް