މެލޭޝިޔާ އިން ކޮވިޑްގެ އާ ވައްތަރެއް ފެނިއްޖެއެވެ.
މެލޭޝިޔާގެ ހެލްތު މިނިސްޓަރީގެ ޑިރެކްޓާ ޖެނެރަލް ނޫރް ހިޝާމް ވަނީ އެ ގައުމުން ފެނިފައިވާ ކޮވިޑްގެ އާ ވައްތަރުގެ ބާރު މިހާރުގެ ވައިރަހަށް ވުރެން 10 ގުނަ ގަދަކަމަށް ވިދާޅުވެފައެވެ.
ނޫރް ވަނީ ކޮވިޑްގެ ބާރު އިތުރަށް ގަދަވުމުން މިއީ އެގައުމުގެ ރައްޔިތުން އިތުރަށް ސަމާލުކަން ދޭން ޖެހޭ ކަމެއް ކަމުގައި ވިދާޅުވެފައެވެ.
ކޮވިޑްގެ ބާރުގަދަވުމުން މިހާރަށްވުރެ ބޮޑަށް އަވަހަށް ފެތުރޭނެ ކަމަށާއި އެކަކު ގައިން އަނެކެއްގެ ގަޔަށް އެރުމުގެ ފުރުސަތު ކުރިޔަށް ވުރެން ބޮޑުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މެލޭޝިޔާގެ އިންސްޓިޓިއުޓް ފޯ މެޑިކަލް ރިސާޗް އިންވަނީ މިހާތަނަށް ކޮވިޑްގެ ބާރުގަދަ ހަތަރު ކޭހެއް ފެނިފައިވާކަން ހާމަކޮށްފައެވެ. މި ހުރިހާ ކްލަސްޓާ އެއްވެސް މިހާރުވަނީ ހޯދައިގަނެވިފައި ކަމަށް އެ އިންސްޓިޓިއުޓުން ބުނެއެވެ.
މެލޭޝިޔާގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 10 ހާހަށް ކައިރިކޮށްފައިވާއިރު އެގައުމުން 125 މީހުން މިބަލީގައި މަރުވެފައިވާ ކަަމަށް ރެކޯޑު ތަކުން ދައްކައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ