ރަޝިޔާގެ ކޮވިޑް ވެކްސިންގެ ފުރަތަމަ ބެޗް އުފައްދައިފިއެވެ.
ރަޝިޔާގެ ހެލްތު މިނިސްޓްރީން ވަނީ އެގައުމުން އުފެއްދި ކޮވިޑްގެ ވެކްސިންގެ ފުރަތަމަ ބެޗް މިމަހުގެ ފަހުކޮޅު ދޫކުރަން ފަށާނެ ކަމަށް ބުނެފައެވެ.
ދުނިޔޭގެ އެކިގައުމުތަކުން ރަޝިޔާއިން އުފެއްދި ވެކްސިންގެ ރައްކާތެރިކަމާމެދު ވާހަކަ ދައްކަމުން އަންނަ ދަނޑިވަޅެއްގައި ރަޝިޔާއިންމިވަނީ ވެކްސިން އުފެއްދިކަން އިއުލާން ކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ވެކްސިން އުފެއްދުމުގެ މަސައްކަތް ފަށައިފައެވެ.
ދުނިޔޭގެ ސިއްހަތާ ބެހޭ މައި އިދާރާ ޑަބްލިއުއެޗްއޯ އިން ވެސް ވަނީ ރަޝިޔާގެ ވެކްސިންގެ މާގިނަ މައުލޫމާތުތަކެއް ލިބިފައި ނުވާކަމަށާއި އާންމުންގެ ތެރޭގައި ބޭނުންކުރުމަށް އިތުރު ޓެސްޓުތައް ހަދަން ޖެހޭކަމަށް ބުނެފައެވެ.
ރަޝިޔާއިން ވަނީ އެގައުމުން އުފެއްދި ވެކްސިންގެ ރައްކާތެރިކަމާމެދު ޔަގީންކަން ދީފައެވެ. ވެކްސިން ތައާރަފުކުރުމަށްފަހު އެގައުމުގެ ރައީސް ވްލަޑްމިއަ ޕޫޓިންގެ ދަރިކަނބަލުންގެ ހަށިކޮޅަށް އެ ވެކްސިން ވަނީ ޖަހައިފައެވެ.
ރަޝިޔާގެ ސިއްހީ ވުޒާރާއިން ވަނީ ވެކްސިން ގެ ފުރަތަމަ ބެޗް ބޭނުންކުރަން ހަމަޖެހިފައިވަނީ އެގައުމުގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ކަމަށް ބުނެފައެވެ.
ރަޝިއާގެ ކޮވިޑް ވެކްސިން އުފައްދައި ފުރަތަމަ ބެޗު ބާޒާރަށް ނެރުނު އިރު، އެ ވެކްސިން ގަތުމަށް އެތައް ގައުމަކުން ވަނީ އޯޑަރުވެސް ދީފަ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ