ކޮވިޑް 19އަށް ފަރުވާ ދިނުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީކުރި ފެސިލިޓީތަކުގައި އެސްޓީއޯގެ ފަރާތުން ސިއްހީ އާލާތްތައް ހަރުކޮށް ނިންމައިފިއެވެ.

އެސްޓީއޯއިން ބުނީ، ކޮވިޑް 19ގެ ބަލިމީހުންނަށް ފަރުވާދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީ ކުރި މެޑިކަލް ފެސިލިޓީތަކުގައި ސިއްހީ އާލާތްތައް ހަރުކޮށް ނިންމާލައިފައިވާ ކަމަށެވެ. އެސްޓީއޯއިން ބުނީ މި ފެސިލިޓީތަކުގައި ސިއްހީ އާލާތްތައް ގާއިމްކުރުމަކީ ކޮވިޑާ ދެކޮޅަށް އެސްޓީއޯއިން ކުރި މަސައްކަތުގެ މުހިންމު އެއް ބައި ކަމަށެވެ.

ކޮވިޑާއި ގުޅިގެން ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ ހިމެނޭހެން ރާއްޖޭގެ ހަތަރު އަތޮޅެއްގައި ވަނީ މެޑިކަލް ފެސިލިޓީ ގާއިމްކޮށްފައެވެ. ރާއްޖޭގެ ތިން ސިޓީ ފިޔަވައި މެޑިކަލް ފެސިލިޓީތައް ގާއިމްކޮށްފައިވަނީ، ލ. ގަމާއި ގއ. ވިލިނގިލި، ބ. އޭދަފުށި، ށ. ފޮނަދޫ އަދި ހއ. އިހަވަންދޫގައެވެ.

އަތޮޅުތެރޭގައި ތަރައްގީކުރި މެޑިކަލް ފެސިލީޓީތަކުގެ ތެރެއިން ގިނަ ފެސިލިޓީތަކުގައި މިހާރު ވަނީ ހިދުމަތް ދޭން ފަށައިފައެވެ.