ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓާތަކަށް ނުދިއުމަށް އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އައްފާލް އިލްތިމާސް ކުރައްވައިފި އެވެ.
އައްފާލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދުވަސްވަރުގެ ގޮތުން ހޮސްޕިޓާތަކަށް ދިއުން މަދު ކުރުމަކީ އަމިއްލަ ރައްކާތެރިކަމަށްޓައި ވެސް ކުރުން ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.
"ބަލިމީހުންނަށް ޒިޔާރަތްކުރުންވެސް މަޑުކޮށްލާ!. ބަލިމީހާގެ އަދި އަމިއްލަ ރައްކާތެރި ކަމަށްޓަކައި މިއީ ވެސް ވަރަށް މުހިންމު ކަމެއް!" އައްފާލް ވިދާޅުވިއެވެ.
ކޮވިޑް 19ގެ ހާލަތުގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލުންވެސް ވަނީ ބަލި މީހުންގެ ގާތަށް ޒިޔާރަތްކުރުން ރައްކާތެރި ނޫން ކަމަށް ބުނެފައެވެ. އަދި ހާއްސަކޮށް މާބަނޑު މީހުންނާއި ވިހައިގެން ތިބޭ މީހުން ކައިރިއަށް ޒިޔާރަތް ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު