ފ. ނިލަންދޫން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، އެރަށު ހޯމް ކަރަންޓީނުގައި ހުރި އުމުރުން 30 އަހަރާއި 43 އަހަރުގެ ދިވެހި ދެ ފިރިހެނުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެމީހުން ޕޮޒިޓިވްކަން އެނގުނީ ހޯމް ކަރަންޓީނުން ދޫކޮށްލުމަށް ނެގި ސާމްޕަލުންނެވެ.
މި ދެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމަށް އެރަށަށް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އިއްޔެއާ ހަމައަށް އައްޑޫ ސިޓީގެ ދެ އަވަށަކާއެކު ރާއްޖޭގެ 15 ރަށަކުން ވަނީ އެކްޓިވް ކޭސް ފެނިފަ އެވެ.
އެއީ އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫގެ އިތުރުން ފުވައްމުލައް ސިޓީ، ވ. ފުލިދޫ، ކ. ތުލުސްދޫ، ކ. މާފުށި، ޅ. ނައިފަރާއި އެ އަތޮޅު ހިންނަވަރ، ބ. ކުޑަރިކިލު، ބ. ކަމަދޫ، ރ. ހުޅުދުއްފާރު، ހދ. ނައިވައިދޫ އަދި ހއ.ގެ ތިން ރަށް ކަމަށްވާ ކެލާ އާއި އިހަވަންދޫ އަދި ފިއްލަދޫ އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު