ފިލިޕީންސްގައި ކޮވިޑްގެ ކޭސްތައް އިތުރުވެ އާންމު ދަތުރުފަތުރުގައި ފޭސް ޝީލްޑް އަޅަން މަޖުބޫރުކޮށްފި އެވެ.
ފިލިޕީންސްގެ ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމާބެހޭގޮތުން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އެގައުމުގެ ޓްރާންސްޕޯޓް އެންޑް ލޭބާ ޑިޕާޓްމަންޓް އިން ފޭސް ޝީލްޑް މަޖުބޫރު ކުރުމަށް ނިންމާފައިވާކަން ވަނީ ފާހަގަކޮށްފައެެވެ.
ފިލިޕީންސްގެ މަސައްކަތުގެ މާހައުލުގައި އަމަލު ކުރުމަށް ކަނޑައަޅައިފައިވާ ގައިޑްލައިންގައި ވާގޮތުން މާސްކުގެ އިތުރުން ފޭސް ޝީލްޑް އެޅުމަކީ މަޖުބޫރު ކަމެއްކަމުގައި މީގެ ކުރިން ވަނީ އިއުލާންކޮށްފައެވެ.
ފިލިޕީންސްގައި ކޭސްތައް އިތުރުވުމާއެކު އެގައުމުގެ ސްކޫލްތަކުގެ ކްލާސްރޫމްތައް ވެސް ވަނީ ވަގުތީ ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރަން ފަށައިފައެވެ. މިހާތަނަށް އެގައުމުގެ ދެބައިކުޅަ އެއްބައި ސްކޫލްތައް ވަނީ މިފަދަ ފެސިލިޓީތަކަށް ބަދަލުކޮށްފައިކަމަށް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.
ފިލިޕީންސްގެ ރައީސްގެ ތަރުޖަމާނު ވަނީ އެގައުމުގެ ސްކޫލްތަކުގައި ކިޔަވައިދިނުން ފަސްކޮށް އަންނަ އަހަރުގެ ޖެނުއަރީ މަހާއި ހަމަޔަށް އެއްވެސް ސްކޫލެއްގައި ކިޔަވައި ނުދޭނެކަން އިއުލާން ކުރައްވައިފައެވެ.
ފިލިޕީންސްގައި މިހާތަނަށް ކޮވިޑް ޖެހިފައިވާކަމަށް ލައްކަައަކަށްވުރެ ގިނަ ކޭސް ރެކޯޑް ކޮށްފައިވާއިރު އެގައުމުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެކަނިވެސް 4002 ކޭސް ފެނިފައިވާ ކަމަށް ވަނީ ހާމަކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ