އިނގިރޭސިވިލާތުގެ ކޮންފެޑަރޭޝަން އޮފް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް (ސީޓީއެޗް) ޕްރޮގްރާމުތައް ކްލީކް ކޮލެޖުން ލޯންޗުކޮށްފިއެވެ.
ސީޓީއެޗް ޕްރޮގްރާމް ލޯންޗުކޮށްފައިވަނީ ކްލީކް ކޮލެޖުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކްލީކް ކޮލެޖުގެ ރައީސް ޑރ. ނައުޝާދު މުހައްމަދު ވިދާޅުވީ، ދިވެހިން ފަތުރުވެރިކަމުގެ ދާއިރާއަށް އަހުލުވެރިވެރިކޮށް ދިވެހިން އެ ދާއިރާގައި މަސައްކަތް ކުރާ ނިސްބަތް އިތުރުކުރުމަށް ޕްރައިވެޓް ސެކްޓާ މަސައްކަތް ކުރުމަކީ ރާއްޖޭގެ ހީނަރުވެފައިވާ އިގުތިސޯދު އަލުން އާރާސްތުކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.
މީގެ އިތުރުން ނައުޝާދު ވިދާޅުވީ، ކްލީކް ކޮލެޖުން ފަށާ ސީޓީއެޗް ޕްރޮގްރާމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާ ވަރަށް ގުޅުންހުރި ޕްރޮގްރާމެއް ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އެ ޕްރޮގްރާމަކީ މުހިންމު ޕްރޮގްރާމަކަށްވާނެ ކަމަށެވެ.
"މިއަދު ކްލީކް ކޮލެޖުން މިފަށާ އިނގިރޭސިވިލާތުގެ ކޮންފެޑެރޭޝަން އޮފް ޓުއަރިޒަމް އެންޑް ހޮސްޕިޓޭލިޓީ ކޯހަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ ވަރަށް ގުޅުން ހުރި ޕްރޮގްރާމެއް. ސާނަވީ ތައުލީމް ނުވަތަ ގްރޭޑް 10 އެއް ނިންމާ ދަރިވަރުންނަށް ސީޓީއެޗްގެ ފައުންޑޭޝަން ޕްރޮގްރާމްގައި ބައިވެރިވެވޭނެ. އަދި ހޮސްޕިޓެލޭޓީ ދާއިރާއިން ސީޓީއެޗްގެ ޑިޕްލޮމާއިން ފެށިގެން ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ރިސޯޓް އަދި ގެސްޓްހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މަސައްކަތް ކުރަމުން ކިޔެވޭނެ އިންތިޒާމު މިވަނީ ހަމަޖެހިފައި،" ނައުޝާދު ވިދާޅުވިއެވެ.
ނައުޝާދު ވަނީ ދިވެހިން ފަތުރުވެރިކަމުގެ ދާއިރާއަށް ނެރުމަށްޓަކައި އެ ކޮލެޖުން ކުރާ މަސައްކަތުގައި ޓޫރިޒަމް އިންޑަސްޓްރީގެ ފުރިހަމަ އެއްބާރުލުމާއި ތަރުހީބު އޮތްކަން ފާހަގަކުރައްވައިފައެވެ.
ކޮންފެޑަރޭޝަން އޮފް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމަކީ 1982 ވަނަ އަހަރުން ފެށިގެން ހޮސްޕިޓެލިޓީ އަދި ޓޫރިޒަމްގެ ދާއިރާގެ ގޯލްޑް ސްޓޭންޑާޑް ކޯސްތައް ހިންގާ ތަނެކެވެ. ކްލީކް ކޮލެޖުގައި މައިގަނޑު ގޮތެއްގައި ހިންގާނީ ހޮސްޕިޓޭލިޓީ ޕާތުވޭގެ ކޯސްތަކެވެ. އަދި ސީޓީއެޗް އަކީ ޓޫރިޒަމް ދާއިރާގެ އިންޓަނޭޝަނަލް ހޮޓެލް ޗެއިންތަކާއި އެއާލައިންތަކާ ގުޅިގެން މަސައްކަތް ކުރާ ބައެކެވެ. މީގެ ތެރޭގައި ޕްރީމިއާ އިން، ރިނެއިސަންސް ހޮޓެލްސް އެންޑް ރިސޯޓްސް، ހިލްޓަން ސިންގަޕޯ، ޕާކް ހަޔަޓް، ރިޒް ކާލްޓަން، ޝެރަޓަން ހޮޓެލްސް އެންޑް ރިސޯޓްސް، ސްޓާ އެލައަންސް ގޯށަން ރަމްސޭ ހޯލްޑިންސް ފަދަ ތަންތަން ހިމެނެއެވެ.
ކްލީކް ކޮލެޖުން ބުނީ، ސީޓީއެޗް ކޯސްތަކުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ކުރާ މަސައްކަތްތަކާ ގުޅުން ހުރި ކޯސްތައް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި މީހުން ބިނާ ކުރުން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމެންޓް، ފްރަންޓް އޮފީސް، ފުޑް އެންޑް ބެވަރޭޖް ސުޕަވައިޒް ކުރުމާއި މެނޭޖް ކުރުމުގެ އިތުރުން ހޮސްޕިޓޭލިޓީ އޮޕަރޭޝަންސް، ރޫމްސް ޑިވިޝަން ސުޕަވައިޒް ކުރުމާއި މެނޭޖް ކުރުން ހިމެނެއެވެ.
ޓޫރިސްޓް ރިސޯޓްތަކުގައްޔާއި ގެސްޓްހައުސްތަކުގައި މަސައްކަތް ކުރަމުންވެސް މި ކޯހުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަދި މާލޭ ކެމްޕަހުގައި ފޭސް ޓު ފޭސް ކޮށްވެސް ކިޔެވޭނެއެވެ. މީގެ އިތުރުން ކޯސްފީގެ އެއްބައި ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކަވާ ކުރެވޭނެއެވެ.
ސީޓީއެޗް ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް ޓޫރިސްޓް ރިސޯޓް އަދި ހޮޓެލްތަކުގައި އިންޓާންޝިޕަށް ދިއުމުގެ ފުރުސަތުވެސް ހަމަޖައްސާފައިވާ ކަމަށް އެ ކޮލެޖުން ބުނެއެވެ. އެގޮތުން އިންޓާންޝިޕް ފުރުސަތުތަކުގެ ތެރޭގައި މިވަގުތު ހަމަޖެހިފައިވަނީ ރާއްޖޭގެ ޓޫރިސްޓް ރިސޯޓްތަކާއި ހޮޓެލްތައް ކަމަށާއި އެހެން ނަމަވެސް ދާދި އަވަހަށް ރާއްޖޭން ބޭރުގެ ޓޫރިސްޓް ހޮޓެލްތަކުގައި ވެސް އިންޓާންޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ކްލީކް ކޮލެޖުން ބުނެއެވެ.
- ސީޓީއެޗް ފައުންޑޭޝަން ޑިޕްލޮމާ އިން ޓޫރިޒަމް އެންޑް ހޮސްޕިޓޭލިޓީ
- ސީޓީއެޗް ޑިޕްލޮމާ އިން ހޮސްޕިޓޭލިޓީ މެނޭޖްމެންޓް
- ސީޓީއެޗް އެޑްވާންސްޑް ޑިޕްލޮމާ އިން ހޮސްޕިޓޭލިޓީ މެނޭޖްމެންޓް
- ސީޓީއެޗް ޕްރޮފެޝަނަލް ޑިޕްލޮމާ އިން ޓޫރިޒަމް އެންޑް ހޮސްޕިޓޭލިޓީ މެނޭޖްމެންޓް
މިހުރިހާ ކޯސްތަކަކީ މޯލްޑިވްސް ކޮލިކިފޭކަޝަން އޮތޯރިޓީ އިން ގަބޫލު ކުރާ ކޯސްތަކެއް ކަމަށް ކްލީކް ކޮލެޖުން ބުނެއެވެ.
ކްލީކް ކޮލެޖުން ބުނީ، ސީޓީއެޗްގެ ކޯސްތަކުގައި އޯލެވެލް ނިންމުމަށް ފަހު ކިޔަވަން ފެށިދާނެ ކަމަށެވެ. އެއީ އޯ ލެވެލް ތިން ފާސްއާއެކު އެންމެ ފުރަތަމަ ލެވެލް ސީޓީއެޗް ފައުންޑޭޝަން ޑިޕްލޮމާ އިން ޓޫރިޒަމް އެންޑް ހޮސްޕިޓޭލިޓީއަށް ވަދެވޭނެއެވެ. އޯ ލެވެލް ފާސް ނެތް ދަރިވަރުން 18 އަހަރު ވުމާއެކު އެއް އަހަރުގެ ވާކް އެކްސް ޕީރިއަންސް ނުވަތަ މަސައްކަތުގެ ތަޖުރިބާއާއެކު ބައިވެރިވެވި ދާނެއެވެ. މަސައްކަތުގެ ތަޖުރިބާ ޓުއަރިޒަމް ދާއިރާ ނޫން ކަމުގައި ވިޔަސް ބަލައިގަނެއެވެ.
ސީޓީއެޗް ފައުންޑޭޝަން ޑިޕްލޮމާއަކީ އެއް އަހަރު ދުވަހުގެ ކޯހެކެވެ. އަދި އެއަށްފަހު ދެން ޑިގްރީގެ ފުރަތަމަ އަހަރުގެ ގޮތުގައި ބެލެވޭ ސީޓީއެޗް ޑިޕްލޮމާ އިން ހޮސްޕިޓޭލިޓީ މެނޭޖްމެންޓުގައި ބައިވެރިވެވިދާނެއެވެ. އަދި ސީޓީއެޗް އެޑްވާންސް ޑިޕްލޮމާ އަދި ޕްރޮފެޝަނަލް ޑިޕްލޮމާއަކީ ޑިގްރީގެ ދެވަނަ އަހަރާއި ތިންވަނަ އަހަރެވެ.
ސީޓީއެޗްގެ އެކި ލެވެލްތައް ނިންމުމަށްފަހު އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކުން ޓޫރިޒަމްގެ ދާއިރާއިން މަތީތައުލީމް ހާސިލް ކުރުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން ސީޓީއެޗް ޕްރޮގްރާމްތައް ގަބޫލުކުރާ ޔުނިވާސިޓީތަކުގެ ތެރޭގައި ޔުނިވާސިޓީ އޮފް ޑާބީގެ އިތުރުންވެސް ގިނަ ޔުނިވާސިޓީތަކެއް ހިމެނެއެވެ.
- ބޯންމަތް ޔުނިވާސިޓީ
- ބީ.ޕީ.ޕީ ޔުނިވާސިޓީ
- ބަކިންހަމްޝަޔާ ނިއު ޔުނިވާސިޓީ
- ކޮންވެންޓްރީ ޔުނިވާސިޓީ ކޮލެޖް
- ގްލާސްގޮއު ކެލޮޑޯނިއަން ޔުނިވާސިޓީ
- ގްލެންޑޫރު ޔުނިވާސިޓީ ލަންޑަން
- ލަންޑަން ސައުތު ބޭންކް ޔުނިވާސިޓީ
- ސެއިންޓް މޭރީސް ޔުނިވާސިޓީ
- ޔުނިވާސިޓީ އޮފް ސެންޓްރަލް ލަންކަޝާ
- ޔުނިވާސިޓީ ކޮލެޖް ބާމިންގަމް
- ޔުނިވާސިޓީ އޮފް ޑާބީ
- ޔުނިވާސިޓީ އޮފް ގްލޮސްޓެޝާ
- ޔުނިވާސިޓީ އޮފް ލިންކަން
- ޔުނިވާސިޓީ އޮފް ނޯތްހަމްޕްޓަން
- ޔުނިވާސިޓީ އޮފް ޕްލިމަތް
- ޔުނިވާސިޓީ އޮފް ސަންޑަލޭންޑް
- ޔުނިވާސިޓީ އޮފް ވުލްވަހެމްޕްޓަން
- ޔުނިވާސިޓީ ކޮލެޖް ބާމިންގަމް (ޔޫސީބީ)
- ހެރިއަޓް ވޮޓް ޔުނިވާސިޓީ
- ދަ ޔުނިވާސިޓީ އޮފް ވިންޗެސްޓާ
- އޭންގްލިއާ ރަސްކިން ޔުނިވާސިޓީ
- އެޖް ހިލް ޔުނިވާސިޓީ
- އީޑިތު ކަވަން ޔުނިވާސިޓީ
- ހޮޓެލް ސްކޫލް ސިޑްނީ
- ގްރިފިތު ޔުނިވާސިޓީ
- މެލްބަން ޕޮލިޓެކްނިކް (ކުރީގެ ނަދަރން މެލްބަން އިންސްޓިޓިއުޓް އޮފް ޓޭފް)
- ސަންވޭ ޔުނިވާސިޓީ
- ބައިނަރީ ޔުނިވާސިޓީ ކޮލެޖް
- ހެލްޕް ޔުނިވާސިޓީ
- އޮކްލޭންޑް އިންސްޓިޓިއުޓް އޮފް ސްޓަޑީޒް (އޭ.އައި.އެސް / އައިސް)
- ދަ އިންސްޓިޓިއުޓް އޮފް އިކޮނޮމިކްސް، މެނޭޖްމަންޓް އެންޑް ލޯ – ކަޒަން ސިޓީ
- އިންޓަނޭޝަނަލް މެނޭޖްމަންޓް އިންސްޓިޓިއުޓް ސުވިޒަލެންޑް (އައި.އެމް.އައި / އިމީ)
- ގްލައަން
- ލި ރޯކްސް
- ސަސްޓެއިނަބިލިޓީ މެނޭޖްމަންޓް ސްކޫލް (ސުމަސް)
- ސުވިސް އެޑިއުކޭޝަން ގްރޫޕް
- މިޑްލްސެކްސް ޔުނިވާސިޓީ ކޮލެޖް – ޔުނައިޓެޑް އެރެބް އެމިރޭޓްސް
ކްލީކް ކޮލެޖުން ބުނީ ސީޓީއެޗް ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު އެ ކޮލެޖުގެ ވެބްސައިޓުންނާއި، 7236176 ނަންބަރު ފޯނަށް ގުޅުމުން ލިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު