އިންޑިއާއިން ރާއްޖެއަށް އިތުރު އެހީތަކެއް ދޭން ނިންމާފައިވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލެ، ވިލިނގިލި، ތިލަފުށި ބުރިޖު މަަޝްރޫއަށް އިންޑިއާ ސަރުކާރުން 500 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފައިވާ ކަމަށާއި އަދި ބަޖެޓު ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރުވެސް ދޭން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ދޭން އިއުލާންކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރެއިން ބޮޑު ހަތް މަޝްރޫއެއް ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ޖައިޝަންކަރާވެސް މިއަދު ވަނީ މަޝްވަރާކުރައްވައިފައެވެ
"މި އެހީ ރާއްޖެއަށް ދިން ކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށާއި އިންޑިއާގެ ރައްޔިތުންނަށް ޝުކުރު އަދާކުރަން" ރައީސް ސޯލިހުގެ ޓުވީޓުގައި ވެއެވެ.
ރައީސް ސޯލިހު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް އަބަދުވެސް އެހީތެރިވާ އެކުވެރި ގައުމެއް ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު