ރ. މަޑުއްވަރީގައި ހިންގި މާރާމާރީއެއްގައި 40 އަހަރުގެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މާރާމާރީގައި އަނިޔާ ލިބިފައިވަނީ ދިވެހި ފިރިހެނަކަށެވެ. މި ފިރިހެން މީހާއަށް ދިން ހަމަލާގެ ސަބަބުން އޭނާގެ ބޯފަޅައިގެން ގޮސް، މަޑުއްވަރި ހެލްތު ސެންޓަރުން މިހާރު އެމީހާއަށް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މާރާމާރީގައި އަނިޔާ ލިބުނު މީހާއަށް މަޑުއްވަރީ ހެލްތު ސެންޓަރުން ފަރުވާ ދިނުމަށްފަހު މިިހާރު ދޫކޮށްލާފައިވާ ކަމަށް އެ ރަށު ކައުންސިލުން "ވަން" އަށް ވަނީ މައުލޫމާތު ދީފައެވެ.
މަޑުއްވަރީގައި މާރާމާރީއެއް ހިންގި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހަވީރު 5:16 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި މިހާތަނަށް މި މައްސަލައިގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު