މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެ ޑިސްއިންފެކްޓު ކުރުމަށް އެ މިނިސްޓްރީ ބަންދުކޮށްފި އެވެ.
މިކަން ޔޫތު މިނިސްޓްރީގެ މީޑިއާ އޮފިޝަލު އަޒްމޫން އަހުމަދު ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
އަޒްމޫން ވިދާޅުވީ ޔޫތު މިނިސްޓްރީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވިކަން އެނގިފައިވަނީ އިއްޔެ ހަވީރު ކަމަށެވެ. އެކަމާ ގުޅިގެން މިހާރު މިނިސްޓްރީ ބަންދު ކޮށްފައިވާ ކަމަށާއި އޮފީސް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް އަޒްމޫން ވިދާޅުވިއެވެ.
މިއަދު ޔޫތު މިނިސްޓްރީ ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ނިންމާނެ ކަމަށާއި ނަމަވެސް އަލުން މިނިސްޓްރީ ހުޅުވާނެ ދުވަހެއް ކަނޑައަޅާފައި ނުވާ ކަމަށްވެސް އަޒްމޫން މައުލޫމާތު ދެއްވިއެވެ.
ޔޫތު މިނިސްޓްރީގެ މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މިހާރު ވެސް ބައެއް މުވައްޒަފުން ތިބީ ހޯމް އައިސޮލޭޝަންގައި ކަމަށް އަޒްމޫން ވިދާޅުވިއެވެ. ނަމަވެސް ކޮންޓެކްޓް ޓްރޭސިންގެ ދަށުން އައިސޮލޭޝަންގައި ތިބި މުވައްޒަފުންގެ ޖުމުލަ އަދަދަކީ އެޗްޕީއޭގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމުން ދެވޭނެ މައުލޫމާތެއް ކަމަށް އަޒްމޫން ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް