"ގޭމިން ކާނިވަލް" ކޮންމެ ހުކުރު ދުވަހު ހަވީރު ޔޫތު ހަބުގައި ކުރިޔަށްގެންދަން ނިންމާފައިވާ ކަމަށް ޔޫތު އެމްޕަވާމަންޓް. ސްޕޯޓްސް އެންޑް ފިޓްނަސްއިން ބުނެފިއެވެ.
ޔޫތް މިނިސްޓްރީން ބުނީ ފީފާ ވޯލް ކަޕްއާ ދިމާކޮށް އެ މިނިސްޓްރީން "ގޭމިން ކާނިވަލް"ގެ ނަމުގައި ހާއްސަ ކާނިވަލްއެއް ކޮންމެ ހުކުރު ދުވަހު ހަވީރު ޔޫތު ހަބުގައި ކުރިއަށް ގެންދާ ކަމަށެވެ.
އެ ކާނިވަލް ފީފާ ވޯލްޑް ކަޕް ނިމެންދެން ކޮންމެ ހުކުރު ދުވަހެއްގެ 16:00 އިން 18:00 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ގޭމިން ކާނިވަލްގައި ތަފާތު ގިނަ ކުޅިވަރުތަކެއްގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން މި ހަރަކާތުގައި ފުޓްބޯޅައިގެ މަޝްހޫރު ކުޅުންތެރިން ވެސް ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ. "ގޭމިން ކާނިވަލް" އަކީ ފީފާ ވޯލްޑް ކަޕް 2026 ވޮޗް ސީރީޒްގެ ބައެއްގެ ގޮތުގައި ޔޫތު ހަބުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
އެއްފަހަރާ 250 މީހުންނަށް ތިބެވޭ ގޮތަށް ފަރުމާކޮށްފައިވާ ޔޫތު ހަބްގައި ބާއްވާ މި ވޮޗް ޕާޓީއަކީ މުޅިން ހިލޭ، ކޮންމެ މީހަކަށްވެސް ވަދެވޭނެ ގޮތަށް ހުޅުވާލެވިފައިވާ ރައްކާތެރި، އާއިލީ މާހައުލެކެވެ.
މެޗުތައް ދެއްކުމުގެ އިތުރުން، މި ހަރަކާތުގެ ތެރެއިން ހިލޭ ބުއިމާއި ކާބޯތަކެތި ލިބޭނެ ސްޓޯލްތަކާއި ތަފާތު ކުޅިވަރުތަކާއި ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތައް ދިނުން ކުރިއަށްދާނެއެވެ.
އިނާމުތަކުގެ ތެރޭގައި މުބާރާތުގެ ރަސްމީ ފުޓްބޯޅަ އާއި 'ޔޫތު ބައި ޖިމްނޭޝިއާ'ގެ އެއް މަސް ދުވަހުގެ ހިލޭ ޖިމް މެންބާޝިޕް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ހަރަކާތުގެ މައިގަނޑު މަގުސަދަކީ ކުޅިވަރުގެ ޒަރީއާއިން ގައުމީ އެއްބައިވަންތަކަން އާލާކޮށް، ޒުވާނުންނަށާއި މުޅި މުޖުތަމައުއަށް ފައިދާ ހުރި، ހިތްހަމަޖެހޭ މާހައުލެއް ބިނާކޮށްދިނުން ކަމަށް ވެސް ޔޫތް މިނިސްޓްރީން ބުނެއެވެ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ކޮމެންޓް