ގދ. ތިނަދޫ އައިސް ޕްލާންޓް ސަރަހައްދުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި އެވެ.
ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ. އެއީ 21.04 މިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާޗު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 9245 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 1859.01 ކިއުބިކް މީޓަރު ސަރަހައްދެއްގެ ފަޅު ފުންކުރުމާއި 161 މީޓަރު ސަރަހައްދެއްގެ އެއްގަމު ތޮށިލުމާއި 10 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި ބަނދަރާ އިންވެގެން ޕޭވްމަންޓް ހެދުމާއި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށެވެ.
ގދ. ތިނަދޫއަކީ މަސްވެރި ރަށަކަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެރަށުގެ މަސްވެރިންނާއި ކައިރި ރަށްރަށުގެ މަސްވެރިންނަށް އައިސް ލިބުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު