ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ބޮޑުކުރުމުގެ މަޝްރޫއު މިއަހަރުގެ ނޮވެންބަރު މަސްތެރޭގައި ނިންމައިލެވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ހަބަރަށް ފަހު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ރޭ ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތައް ކަނޑައަޅައިފައިވާ ތާރީހަށް ނިންމާނެ ކަމަށެވެ. އެގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ބޮޑުކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި އެއްކޮށް ނިންމައިލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުޅުފުއްފުށީ ހޮސްޕިޓަލުގެ މަސައްކަތްވެސް ނޮވެމްބަރު މަހުގެ ތެރޭގައި ނިންމާނަން އެންމެ ލަސްވެގެންވެސް" އާޒިމް ވިދާޅުވިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު ބޮޑުކޮށް، މަރާމާތު ކުރުމުގެ މަޝްރޫއު ހެލްތު މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މެއި 17 ގައެވެ. ނަމަވެސް މަޝްރޫއުގެ ދަށުން އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން ވޯޑް އިމާރާތް އެޅުމަށް ބޭނުންވާ ތަނބު ޖެހުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.
އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން 30 އެނދުގެ ވޯޑް އިމާރާތެއް ހެދުމާއި އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމާއި މައި އިމާރާތާއި އޮފީސް އިމާރާތް ވޯކްވޭ އަކުން ގުޅުވައިލުމުގެ އިތުރުން ލެބޯޓަރީ މަރާމާތް ކުރުމަށް ކުރަންޖެހޭ މަސައްކަތް ހިމެނޭ ކަށެވެ.
މީގެ އިތުރުން އެމްޓީސީސީން ބުނީ، 30.3 މިލިއަން ރުފިޔާއަށް ސަރުކާރުން އެކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުއާއެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެ ކަމަށެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ