ކ. ކޮއްދިއްޕަރު ކައިރީ އޮންނަ ފިނޮޅަކަށް ދަތުރު ދިޔަ ލޯންޗެއް އަޑިއަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ހަތް މީހުން ތިބި އެ ލޯންޗު އަޑިއަށް ގޮސްގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑަށް ލިބުނީ މިއަދު މެންދުރު 1:14 ގައި ކަމަށެވެ.
ނަމަވެސް އެ ލޯންޗުން ދަތުރުކުރި އެންމެން ސަލާމަތުން ފެނިފައިވާ ކަމަށާއި އަދި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ އެ ލޯންޗު އަޑިއަށް ދިޔައީ ދިޔަ ކޮންޓްރޯލް ނުވެގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. މި އެންމެން ވެސް ސަލާމަތްކޮށް މާލެ ގެނެސްފައިވަނީ މެރިން ފުލުހުންގެ ލޯންޗެއްގަ އެވެ.
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް