ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ކާގޯ ކޮމްޕްލެކްސް ހާބަރުގެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށާއި މި ޓާމިނަލުގެ މަސައްކަތް އަންނަ ފެބްރުއަރީ މަހަށް ނިމޭނެ ކަމަށް ބެލެވޭ ކަމަށް އެމްއޭސީއެލުން ބުނެފިއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ ވީއައިއޭގެ އާ ކާގޯ ޓާމިނަލުގެ މަސައްކަތް ކޮންޓްރެކްޓް ކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ނިންމާ ގޮތަށް ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރިއަށްދާ ރޭޓުން އަންނަ ފެބްރުއަރީ މަހަށް މަސައްކަތް ނިމޭނެ ކަމަށް ބެލެވޭ ކަމަށް ހަސަން ވިދާޅުވިއެވެ.
މި ޓާމިނަލްގެ މަސައްކަތާ ގުޅިގެން އެމްއޭސީއެލް އިން މިއަދު ކުރި ޓުވީޓެއްގައި ވަނީ ކާގޯ ޓާމިނަލްގެ މަސައްކަތާއި އެސަރަހައްދުގެ ބަނދަރުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށް ދާކަމަށެވެ. އަދި މި ބަނދަރަކީ އެއާ ކާގޯ ލޯޑު ކުރުމަށާއި އަންލޯޑު ކުރުމަށް ބޭނުންވާ ކަންކަމަށް ހާއްސަ ވަކި ކެރޭނުތަކެއް ހިމެނޭ ގޮތަށް ހަދާ ތަނެއް ކަމަށް އެމްއޭސީއެލްގެ ޓުވީޓުގައި ބުނެފައި ވެއެވެ.
އެގޮތުން އެއާ ކާގޯ ލޯޑުކޮށް އަންލޯޑު ކުރުމަށް ހާއްސަކޮށް ފަސް ކާގޯ ކެރޭނެއް މި ސަރަހައްދުގައި ބެހެއްޓުމަށް ނިންމައިފައިވާ ކަމަށް ހަސަން މައުލޫމާތު ދެއްވިއެވެ.
ވީއައިއޭގައި 120،000 ޓަނުގެ ކާގޯއަށް ހިދުމަތް ދެވޭ ޓާމިނަލެއް ހެދުމަށް ބިންގާ އަޅައިފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ފަހުކޮޅުއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއެވެ.
އާ ކާގޯޓާމިނަލް ހަދަނީ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގް ސާވިސަސް ހިންގާ އިމާރާތާ ޖެހިގެން އޮންނަ 12،000 އަކަމީޓަރުގެ ސަރަހައްދެއްގައެވެ. އަދި ކާގޯ ޓާމިނަލް ކައިރީ ހަދާ ބަނދަރު ސަރަހައްދަކީ 15،000 އަކަ މީޓަރު ގެ ސަރަހަދެއް ކަމަށް އެމްއޭސީއެލް އިން މައުލޫމާތު ދެއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް