އެއާ އިންޑިއާގެ ބޯޓެއް އިއްޔެ އިންޑިއާގެ ކެރެއްލާ ސްޓޭޓަށް ވެއްޓުމުގެ ހާދިސާއާ ގުޅިގެން އަސަރު ކުރި އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކެރެއްލާގައި ހިނގި މި ހާދިސާ އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި މި ހާދިސާގައި ހިމެނޭ އާއިލާތަކަށް ރައީސް ތައުޒިޔާ ވިދާޅުވާ ކަމަށެވެ.
ކޮވިޑް 19ގެ ހާލަތާއި ގުޅިގެން ޑުބާއީގައި ތިބި އިންޑިއާގެ ރައްޔިތުންތަކެއް ގޮވައިގެން އިންޑިއާއަށް ދިޔަ އެއާ އިންޑިއާގެ މި ބޯޓު ވެއްޓުމުގެ ހާދިސާގައި ބޯޓުގެ ދެ ޕައިލެޓުން ހިމެނޭ ގޮތަށް 18 މީހަކު މަރުވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެއެވެ. މި ހާދިސާ ހިނގައިފައިވަނީ ބޯޓު ކޮޒިކޯޑޭ އެއާޕޯޓުގައި ޖައްސަން އުޅުނު ވަގުތު ވިއްސާރައިގެ ސަބަބުން ބޯޓު ރަންވޭ މަތިން ކަހާލައިގެން ކަމަށް ބީބީސީ ނިއުސްގައި ރިޕޯޓުކޮށްފައި ވެއެވެ.
މި ބޯޓުގައި 174 ފަސިންޖަރުން، 10 ކުޑަކުދިން، ހަތަރު ކްރޫ މެންބަރުން އަދި ދެ ޕައިލެޓުން ތިބި ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ. މި މީހުން ސަލާމަތްކޮށް، އެކި ހޮސްޕިޓަލުތަކުގައި އެޑްމިޓުކޮށްފައިވާއިރު، މީގެ ތެރެއިން 15 މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް މީޑިއާތަކުގައި ބުނެފައިވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު