އާސަންދައިގެ ދަށުން ފަރުވާއަށް އިންޑިއާއަށް ދިޔަ ފަހުން ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިން މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.
އާސަންދައިން ބުނީ، މިދިޔަ މަހުގެ 14 ވަނަ ދުވަހު އިންޑިއާގެ އަމްރީތާ ހޮސްޕިޓަލަށް ދިޔަ ބެޗުން ބަލި މީހެއްގެ އިތުރުން ތިން އެހީތެރިން ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އޭގެ ތެރެއިން ދެ އެހީތެރިންނާއި ބަލިމީހާ މިހާރު ވަނީ ކޮވިޑުން ފަސޭހަވެފައި ކަމަށާއިި އަމްރީތާ ހޮސްޕިޓަލުގައި ބަލިން ފަސޭހަ ނުވެ މިހާރު ހުރީ ބަލި މީހެއްގެ އެހީތެރިއެއް ކަމަށްވެސް އާސަންދައިން ބުނެއެވެ.
އާސަންދައިން ބުނީ، މިމަހުގެ 29 ވަނަ ދުވަހު ކިމްސް ހޮސްޕިޓަލަަށް ދިޔަ ބެޗުގެ ބަލި މީހަކާއި އެހީތެރިޔަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އާސަންދައިގެ ދަށުން މިއަދުވެސް ވަނީ 50 މީހަކު އިންޑިއާއަށް ގޮސްފައެވެ. އޭގެ ތެރޭގައި 21 ބަލި މީހުން ހިމެނެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު