އާސަންދައިގެ ދަށުން ބޭސްފަރުވާއަށް އިންޑިއާ ދިޔަ އިތުރު ބަލި މީހަކާއި އެހީތެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އާސަންދައިން ބުނީ، ޕޮޒިޓިވްވެފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އިންޑިއާގެ ކިމްސް ހޮސްޕިޓަލަށް ދިޔަ ބެޗުގައި ހިމެނޭ ބަލި މީހަކާއި އެމީހާގެ އެހީތެރިޔާ ކަމަށެވެ.

ޕޮޒިޓިވްވި އެހީތެރިޔާއަކީ އޭނާއާއެކީގައި ދިޔަ ބަލިމީހާގެ ފަރުވާ ނިމި ރާއްޖެ އަންނަންވެފައި ހުރި މީހެއް ކަމަށާއި ނަމަވެސް ޕޮޒިޓިވްވުމުން އިންޑިއާގައި 14 ދުވަހަށް ކަރަންޓީންވާން ޖެހޭނެ ކަމަށް އާސަންދައިން ބުނެއެވެ.

އާސަންދައިން ބުނީ، ޕޮޒިޓިވްވި ބަލި މީހާގެ ފަރުވާގެ ކަންކަން މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށެވެ.

މީގެ ކުރިންވެސް ވަނީ އާސަންދައިގެ ދަށުން އިންޑިއާއަށް ދިޔަ ބައެއް ބަލި މީހުންނާއި އެހީތެރިން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.