ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޕްރިސެންޓޭޓިވް ޑރ. އަރުވިންދު މާތުރު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ޑރ. އަރުވިންދު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން "ވަން" އަށް ވަނީ ކަށަވަރުވެފައެވެ.
އެކަމާ ގުޅޭގޮތުން ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ޒާތީ މައުލޫމާތު ހިއްސާ ނުކުރާ ކަމަށެވެ.
އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 148 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 117 ދިވެއްސަކާއި ބަންގުލަދޭޝްގެ 22 މީހަކާއި އިންޑިއާގެ ހަތް މީހަކާއި ނޭޕާލުގެ މީހަކާއި ސީޝެލްސްގެ މީހެކެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 13 މީހަކު ރަނގަޅުވެ، މިބަލިން 2706 މީހަކު ވަނީ ފަސޭހަވެފައެވެ.
މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަކަން ފާހަގަކޮށްލެވެއެވެ. މިދިޔަ ހޮނިހިރު ދުވަހު 156 މީހަކު ވަނީ ޕޮޒިޓިވްވެފައިވާ އިރު، މިދިޔަ އާދީއްތަ ދުވަހު 215 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިދިޔަ ހޯމަ ދުވަހު 129 މީހުން ޕޮޒިޓިވްވިއެވެ. އަދި އިއްޔެ ޕޮޒިޓިވްވީ 153 މީހުންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު