ރާއްޖެ އައުމަށް ފަހު ޕޮޒިޓިވްވި ސީޝެލްގެ މީހާއަކީ ބިދޭސީ މަސައްކަތްތެރިއެއް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖެ އައުމަށް ފަހު ޕޮޒިޓިވްވި މީހާއަކީ ރާއްޖޭގައި މަސައްކަތް ކުރާ ޝީޝެލްސްގެ މީހެއް ކަމަށެވެ.
"ރާއްޖެ އައުމަށްފަހު ޕޮޒިޓިވްވި ޝީޝެލްސް މީހާއަކީ ފަތުރުވެރިއެއް ނޫން. އެއީ ސްޓާފެއް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ރާއްޖެ އައި ބިދޭސީ މަސައްކަތްތެރިއެއް ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، ރާއްޖެ އައި ފަތުރުވެރިޔަކުވެސް އިއްޔެ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ރާއްޖޭގެ ބޯޑަރުތައް މިދިޔަ މަހު 15 ވަނަ ދުވަހު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރީން އައިސްފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު