އެމްޓީސީސީ

ރަކީދޫ ބަނދަރު ފުން ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

މަރިޔަމް ޝަހުދާ

ވ. ރަކީދޫ ބަނދަރު ފުން ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

މި މަސައްކަތް ފަށައިފައިވަނީ ރަކީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކަމަށް އެމްޓީސީސީމް ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ރަކީދޫގައި 164 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން 156 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 74 މީޓަރުގެ ސަރަހައްދެއްޖައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން، ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި 429 ސްކުއެއާ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓު ހަދާނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

ރަކީދޫ ބަނދަރުގެ މަޝްރޫއު ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. އަދި މި މަޝްރޫއަކީ 18.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށް އެމްޓީސީސީން ބުނެއެވެ.