ރޭގަނޑު 10:00ގެ ފަހުން މާލޭ ސަރަހައްދުގެ މަގުމަތީގައި އުޅުން މަނާކޮށްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އާއިޝަތު ސާމިޔާ ވިދާޅުވީ، މިހާރުގެ ހާލަތަށް ބަލައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭ ސަރަހައްދުގައި މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 10:00 އިން ފަތިހު 5:00 އަށް ބޭރަށް ނުކުމެ އުޅުން މަނާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ނިންމަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 10:00 އަކުން ފަތިހު 5:00 އަށް އެއްވެސް ވަރަކަށް މަގުމަތީގައި އުޅުމަކީ މަނާކަމެއް ކަމަށް،" ސާމިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ސާމިޔާ ވިދާޅުވީ، މިރޭ 10:00 އިން ފެށިގެން ފަތިހު 5:00 އަށް ކާފިއު ހިންގާ އިރު، އެކަމަށްޓަކައި ރޭގަނޑު 9:30 އިން ފެށިގެން ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތައް ވެސް ބަންދުވާނެ ކަމަށެވެ.
ސާމިޔާ ވިދާޅުވީ މާލެ ސަރަހައްދުގައި އެއްފަހަރާ ފަސް މީހުނަށްވުރެ ގިނައިން އެއްވެ އުޅުންވެސް މަނާކޮށްފައިވާ ކަމަށާއި މާލެ އިން ރަށްރަށަށް އެއްވެސް މީހަކަށް ދެވޭނީ ސިއްހީ އަދި ޒަރޫރީ ބޭނުމެއްގައި މާލެ އައިސްފައިވާ މީހުން އެނބުރި ރަށަށް ދާންޖެހޭ ހާލަތެއްގައި އެކަނި ކަމަށެވެ.
ކޮވިޑުގެ ސަބަބުން މީގެ ކުރިންވެސް މާލޭ ސަރަހައްދުގައި ވަނީ ކާފިއު ހިންގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު