އިތުރު ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީތައް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މި ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ސިއްހީ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ބަލި ޖެހިފައިވާ މީހުން އައިސޮލޭޓް ކުރުމަށް އިތުރު ފެސިލިޓީތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"އިތުރު އައިސޮލޭޝަން ފެސިލިޓީތައް އަޅުގަނޑުމެން މިދަނީ ހޯދަމުން. މިހާރުވެސް އިތުރު ރިސޯޓުތާއި ގެސްޓްހައުސްތަކަށްވެސް މީހުން އައިސޮލޭޝަނަށް އެބަ ގެންދެވޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، އާރްއާރްޓީ ޓީމުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަަސައްކަތްވެސް ކުރަމުން އަންނަ ކަމަށާއި އަދި ފެސިލިޓީތަކަށް ބޭނުންވާ އިންސާނީ ވަސީލަތްތައްވެސް އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮވިޑާ ގުޅިގެން ހުޅުމާލޭގައި ވަނީ 300 އެނދުގެ ފެސިލިޓީއެއް ގާއިމުކޮށްފައެވެ. އަދި އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި ވަނީ ކޮވިޑުގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ފެސިލިޓީތައް ގާއިމުކުރެވިފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު