ހުޅުމާލެއިން މާލެ އައި ކާރެއް ކޮންޓްރޯލް ނުވެގޮސް، މާލެއިން ހުޅުމާލެ ދިޔަ ކާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މިއަދު 11:20 ހާއިރު ފުލުހުންނަށް ރިޕޯޓު ކުރި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެކްސިޑެންޓުގައި ހިމެނޭ ދެ ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެގޮތުން މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާޅެ ހައިވޭގެ ހަތަރު ލޭން ހިމެނޭ ސަރަހައްދުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި އެކްސިޑެންޓުގައި ހިމެނޭ ދެ ކާރު ދުއްވަން ތިބި ދެމީހުންގެ އަތުގައިވެސް ލައިސެންސް އޮތް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ވަނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
އެ ސަރަހައްދަށް ދިޔަ ވަންގެ ނޫސްވެރީން ނަގައިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ކާރުގައި ތިބި މީހުންނަށް އަނިޔާއެއް ނުވި ނަމަވެސް މި ދެކާރަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް