ރާއްޖޭގެ އެކި ސަރަހައްދުތަކުން ކޮވިޑް 19ގެ އެކްޓިވް ސާމްޕަލް ނެގުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
މާލޭ ސަރަހައްދުގައި މިހާރުވެސް އެކްޓިވް ސާމްޕަލް ނަގައެވެ. އެގޮތަށް ނަގާ ސާމްޕަލްތަކުން ގިނަ ބަޔަކު ކޮޮވިޑް 19އަށް ޕޮޒިޓިވްވެސް ވެފައިވެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކްޓިވް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަތޮޅުތެރެއިން ފުލޫ ކްލިނިކްތަކުން މިހާރު ސާމްޕަލް މި ނެގެނީ. އެހެންނަމަވެސް އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް އެބަދޭ އަތޮޅު ތެރޭގައިވެސް އިތުރު އެކްޓިވް ސާމްޕަލް ނަގަން. ކޮންމެވެސް ވަރަކަށް އެކްޓިވް ސާމްޕަލް ނެގޭނެ މިހާރުވެސް އަތޮޅު ތެރޭގައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މި ފަހަކަށް އައިސް ވަނީ މާލެއިން އަތޮޅުތެރެއަށް ހޯމް ކަރަންޓީނަށް ދާ މީހުން ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު އިތުރުވެފައެވެ. އަދި ކޮވިޑުގެ ކޭސްތަކަކާ ގުޅިގެން އުތުރުގެ ފަސް ރަށެއް މިހާރުވެސް އޮތީ މޮނީޓަރިންގައެވެ. އެއީ ހދ. މަކުނުދޫ، ހދ. ފިނޭ، ހދ. ނޮޅިވަރަމް، ހއ. މާރަންދޫ އަދި ހއ. އިހަވަންދޫއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު