ހއ. އިހަވަންދޫ ހޯމް ކަރަންޓީނުގައި ހުރި ދިވެއްސަކު ފިލައިފިއެވެ.
"ވަން" އަށް މައުލޫމާތުދެމުން ފުލުހުން ބުނީ، ހއ. އިހަވަންދޫ ހޯމް ކަރަންޓީނުގައި ހުރި 30 އަހަރުގެ ދިވެހި ފިރިހެނެއް ފިލާފައިވާ ކަމުގެ މައުލޫމާތު މިރޭ 7:51 ގައި ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މީގެ ކުރިންވެސް ރާއްޖޭގައި ވަނީ ކަރަންޓީނުގައި ތިބި ބައެއް މީހުން ފިލައިފައެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން އަދިވެސް ފެނިފައެއް ނުވެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު