ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 18 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، ކޮވިޑް ޖެހިގެން ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްފައިވާ 89 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ 8:57 ހާއިރު މަރުވެފައިވާ ކަަމަށެވެ.
މިއީ ކޮވިޑް 19 ޖެހިގެން ރާއްޖެއިން މަރުވި 18 ވަނަ މީހާއެވެ. ކޮވިޑް ޖެހިގެން ރޭވެސް ވަނީ މީހަކު މަރުވެފައެވެ.
ކޮވިޑު ޖެހިގެން މިރޭ އިތުރު ދިވެއްސެއް މަރުވެފައިވާ އިރު، މިހާތަނަށް ރާއްޖެއިން 13 ދިވެހިން މި ބަލީގައި މަރުވެފައިވެއެވެ. ދެން ހިމެނެނީ ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. ރާއްޖޭގައި ކޮވިޑް ޖެހިގެން ގިނައިން މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންނެވެ.
ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާ އިރު، މިހާތަނަށް އެންމެ ގިނަ ދިވެހިން ކޮވިޑަށް ޕޮޒިޓިވްވިވެފައިވަނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައެވެ. އެގޮތުން 215 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރޭގައި 149 ދިވެހިން ހިމެނެއެވެ. އެއާއެކު ރާއްޖޭގަައި ކޮވިޑަށް ޕޮޒިޓިވްވި މީހުން އަދަދު ވަނީ 4164 އަށް އަރައިފައެވެ.
މި ބަލީގައި މިހާރުވެސް 1489 މީހުން އަންނަނީ ފަރުވާ ހޯދަމުންނެވެ. އަދި މި ބަލިން 2643 މީހަކު ވަނީ ރަނގަޅުވެފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު