ދެވަނަ ކުއާޓާގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 18 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެމްޓީސީސީގެ މާލީ ރިޕޯޓު ދައްކާ ގޮތުން، ދެވަނަ ކުއާޓަރުގައި ފައިދާއަށް ބޮޑު ތަފާތެއް އައިސްފައި ވަނީ ކޮވިޑްގެ ހާލަތާ ގުޅިގެންނެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ލިބިފައިވަނީ 62 މިލިއަން ރުފިޔާއެވެ.
މާލީ ރިޕޯޓްގައިވާ ގޮތުން، ދެވަނަ ކުއާޓާރުގެ ސާފު ފައިދާ 18 މިލިޔަނަށް އެރި ކަމުގައި ވީނަމަވެސް، އެ ކުއާޓަރުގައި، އެ ކުންފުނިން 248 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްފައިވެ އެވެ.
މާލީ ރިޕޯޓްގައި ބުނެފައިވަނީ ފައިދާއިން ހިއްސާއަކަށް ޖެހިފައި ވަނީ 1.87 ރުފިޔާ ކަމަށެވެ.
ރިޕޯޓްގައިވާ ގޮތުން މި ކުއާޓަރު އައި އިރު އެމްޓީސީސީން 75 މަަޝްރޫއެއް ހިންގަމުން ދިޔަ އެވެ. އަށް މަޝްރޫއެއް ފަށައިފައިވާއިރު، 14 މަަޝްރޫއެއް ވަނީ ނިންމައިފައެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ