ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ހުވަދު އަތޮޅު ރަށެއްގައި ފިރިހެނަކު، ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރޭ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން 46 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، އެމައްސަލަ ތަހުގީގު ކުރަމުން އަންނައިރު އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކޮން ފިޔަވަޅުތަކެއް ކަމެއް ފުލުހުން ނުބުނެ އެވެ.

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަމުން އަންނައިރު، ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ 48 އަހަރުގެ އަންހެނަކު ރޭޕްކޮށްފައިވާ މައްސަލައެއް ވެސް މިއަދު ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި ވެސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.