ކޮވިޑަށް ޕޮޒިޓިވް ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އައިސީޔޫގައި ތިން މީހަކަށް ފަރުވާދެމުން އަންނަ ކަމަށާއި އޭގެ ތެރެއިން ދެ މީހަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ.
"އައިސީޔޫގައި ތިން ފަރާތެއް. އަދި މީގެ ތެރެއިން ދެ މީހުން މިތިބީ ވެންޓިލޭޓަރުގައި. ކުރިން ވެންޓިލޭޓަރުގައި އޮތް ފަރާތުގެ އިތުރަށް 80 އަހަރުގެ ދިވެއްސެއް ވަނީ ވެންޓިލޭޓަރަށް ލެވިފައި،" އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލު ޑީއެޗް 16ގައި ފަސް މީހަކަށް ފަރުވާދެމުން އަންނަ ކަމަށާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އަންނަނީ 59 މީހަކަށް ކަމަށެވެ.
މި ހަފުތާގެ ތެރޭގައި ދެ ދުވަހަކު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 100 އިން މައްޗަށް އަރައިފައެވެ. އެގޮތުން މިއަދު އެކަނިވެސް ވަނީ 152 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ ރާއްޖޭގައި އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 89 ދިވެހިން ހިމެނެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު