ރ. އިނގުރައިދޫއަށް ހޯމް ކަރަންޓީނަށް ގެންދިޔަ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އިނގުރައިދޫ ކައުންސިލުގެ ރައީސް އިސްމާއިލް އަބްދުއްރަޝީދު "ވަން" އަށް ވިދާޅުވީ، ޕޮޒިޓިވް ވެފައިވަނީ އެރަށަށް މަސައްކަތެއް ކުރުމަށް ގެންދިޔަ ބަންގްލަދޭޝް ދެ މީހުން ކަމަށާއި އެމީހުން ރަށަށް ގެންގޮސް ތިބީ ހޯމް ކަރަންޓީނުގައި ކަމަށެވެ. އަދި އެމީހުން ކޮވިޑަށް ޕޮޒިޓިވް ވިކަން އެނގުނީ ހޯމް ކަރަންޓީނުން ދޫކޮށްލުމަށް މީގެ ދެ ދުވަސް ކުރިން ނެގި ސާމްޕަލުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްމާއިލް އަބްދުއްރަޝީދު ވިދާޅުވީ، އެ ދެ ބިދޭސީންނާއެކު އިތުރު އަށް މީހަކު ރަށަށް ހޯމް ކަރަންޓީނަށް ދިޔަ ކަމަށެވެ. ނަމަވެސް އެ އެންމެންގެ ނަތީޖާ ނެގެޓިވް ވެގެން މިހާރު ދޫކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.

އިނގުރައިދޫ ހޯމް ކަރަންޓީނުގައި ހުރި ދެ ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، ބ. އޭދަފުއްޓާއި ޅ. ކުރެންދޫ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ވެސް މިމަހުގެ ތެރޭގައި ވަނީ ޕޮޒިޓިވްވެފަ އެވެ.